މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ޕެސްޓް ޙައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރި އޮޕަރޭޝަންގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެމީހުންގެ ތެރޭގައި ސިމްބޮލިކް ރެކޯޑްސްގެ އިތުރު އާޓިސްޓުންވެސް ހިމެނެއެވެ. އެއީ އަހްމަދު ހުސާމް އާއި މުހައްމަދު ސުއައިދުއެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މިއޮޕަރޭޝަންގައި ފުލުހުން ވަނީ 2.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައެވެ.

ޕެސްޓުގެ އިތުރުން މިމައްސަލާގައި ދެން ހިމެނޭ މީހުންގެ ބަންދުގެ މުއްދަތުވެސް ކޯޓުން ވަނީ އިތުރު ކޮށްފައެވެ. އެގޮތުން ޕެސްޓާއި އަހުމަދު ހުޝާމް އަދި މުހައްމަދު ސުއައިދުގެ ބަންދަށް ޖެހީ 10 ދުވަހެވެ. އަދި އަހުމަދު ޝަމޫން އާއި އަބްދުﷲ ސާޖިއުގެ ބަންދަށް ޖަހާފައި ވަނީ ފަސް ދުވަހެވެ.
https://feshun.wonstasite.com/112852



