ކުރިނބީ ސްކޫލުގެ އިންޓަރހައުސް ފުޓްސަލް ޓޯނަމެންޓް މިއަދު ފަށައިފިއެވެ.
އެ ސްކޫލުގެ މަޖީދީ ހައުސް، ފަރީދީ ހައުސް، އަދި އަމީނީ ހައުސްގެ މެދުގައި ކުޅެވޭ މި ފުޓްސަލް ޓޯނަމެންޓަކީ ސްކޫލުގެ ފަރާތުން ބާއްވާ އެންމެ ފުރަތަމަ ފުޓްސަލް ޓޯނަމެންޓް ކަމަށް މައުލޫމާތު ލިބެއެވެ.
މި ފުޓްސަލް ޓޯނަމެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މި ތިން ކެޓަގަރީއަކީ ކީ ސްޓޭޖް 1، ކީ ސްޓޭޖް 2، ކީ ސްޓޭޖް 3، އަދި ކީ ސްޓޭޖް 4 އެވެ.

ފަސްދުވަހުގެ މުއްދަތައް ކުރިއަށްދާ މި ފުޓްސަލް ޓޯނަމެންޓުގެ ފައިނަލް މެޗް ފިޔަވައި އެހެން ހުރިހާ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރުއެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހު ހަވީރު އަދި ރޭގަނޑުގެ ވަގުތުގައެވެ.



