ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ޝަންގްރިއްލާ ރިސޯޓުން ގެނބުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 75 އަހަރުގެ އޮސްޓްރޭލިއާގެ ފިރިހެނެއް ކަމަށެވެ.

އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވިގޮތުގައި ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފައެވެ.

ސަންގްރިއްލާ ރިސޯޓުން ގެނބިގެން ފަތުރުވެެރިޔަކު މަރުވިއިރު، މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު ކްލަބްމެޑް ކަނި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކުވެސް ގެނބިގެން މަރުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް