ފާރިޝް އަޙްމަދު - ފޮޓޯ: މީސްމީޑިއާ

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ އިސްތިއުފާ ދެއްވަނީ

ހައި ކޯޓުގެ ފަނޑިޔާރުންނަށް އިހުތިރާމް ކުރުމުން ގޮތުން އެ ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ފާރިޝް އަޙްމަދު އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

އިނގިރޭސި ވިލާތުން ގާނޫނީ ދާއިރާ އިން މާސްޓާޒް ހާސިލް ކުރައްވާފައިވާ ފާރިޝް ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ކަމަށް މިދިޔަ މާޗް މަހު އައްޔަން ކޮށްފައި ވަނިކޮށް، އޭނާ އެ މަގާމަށް އައްޔަންކުރި އިޖުރާއާތު ގޯސް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމި އެވެ.

ނަމަވެސް އެ ނިންމުން ސުޕްރީމް ކޯޓަށް ފޮނުވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވީ، ފާރިޝް އައްޔަން ކުރުމުގައި އިޖުރާއާތާ ޚިލާފް އެއްވެސް ކަމެއް ނެތް ކަމަށެވެ.

ފާރިޝް އައްޔަން ކުރުމުގައި އެއްވެސް ގޯހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމިޔަސް، އެ މަގާމުން އިސްތިއުފާ ދެއްވަން އޭނާ ނިންމެވީ ހައި ކޯޓުގެ ފަނޑިޔާރުންނަށް އިހްތިރާމް ކުރެއްވުމުގެ ގޮތުންނާއި އެ ކޯޓުގެ ފަނޑިޔާރުންނާއި ޖުޑިޝަރީގެ ނަން ކިލަނބުވުމުގެ ފުރުސަތު ނުދިނުމަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށް ފާރިޝް ވިދާޅުވިއެވެ.

ހައި ކޯޓުގެ ރެޖިސްޓްރާއަކީ މަރިޔަމް ހޫރުޝީދާއެވެ. ހައިކޯޓުގެ ގަވާއިދު ބުނާގޮތުން، އިސް ފަނޑިިޔާރު ކަނޑައަޅާ ގޮތެއްގެ މަތިން ރެޖިސްޓްރާގެ ބައެއް މަސްއޫލިއްޔަތުތައް އެސިސްޓެންޓް ރެޖިސްޓްރާއާ ހަވާލު ކުރެވޭނެއެވެ. 

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް