ހައިކޯޓުން ނިންމާ މައްސަލަތަކުގެ އަދަދު މަހުން މަހަށް ދަނީ އިތުރުވަމުން

ހައިކޯޓުން ނިންމާ މައްސަލަތަކުގެ އަދަދު މަހުން މަހަށް އިތުރުވަމުން ދާކަން ފާހަގަކުރެވޭކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހައިކޯޓުން ވިދާޅުވީ، ހައިކޯޓުން ނިންމާ މައްސަލަތަކުގެ އަދަދު މަހުން މަހަށް އިތުރުވަމުން ދާކަން ވޭތުވެދިޔަ 4 މަސްދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާކާމަށެވެ.

އެގޮތުން ހައިކޯޓުން ނިންމާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު މި އަހަރުގެ އޮގަސްޓް މަހު 46 މައްސަލައެއް ނިންމާފައިވާއިރު ސެޕްޓަމްބަރު މަހު 50 މައްސަލައެއް އަދި އޮކްޓޯބަރު މަހު 53 މައްސަލައެއްވަނީ ނިންމާފައެވެ. މީގެ އިތުރުން ނިމިދިޔަ ނޮވެމްބަރު މަހަށް ބަލާލާއިރު، ނޮވެމްބަރު މަހުގެ ތެރޭގައި ހައިކޯޓުން ވަނީ 59 މައްސަލައެއް ނިންމާފައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިދާރީ ހިންގުމާއި ހައިކޯޓާ ބެހޭ މައުލޫމާތުތައް، ފޮޓޯ އަދި ވީޑިއޯ މެދުވެރިކޮށް ޢާންމުންނަށް ފެންނާނޭހެން ހުޅުވާލުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން ދާދިފަހުންވަނީ އިންސްޓަގްރަމް ބޭނުންކުރަން ފަށާފައެވެ.

ހައިކޯޓާ ބެހޭ މައުލޫމާތުތައް، ޢާންމުންނަށް ހިއްސާކުރުމަށް ހައިކޯޓުންމީގެ ކުރިން ބޭނުން ކުރަމުން އައި މީސްމީޑިއާ އެކައުންޓަކީ އެ އިދާރާގެ ރަސްމީ ޓްވިޓާ އެކައުންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ