ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިމައްސަލައާ ގުޅިގެން ފޮޓޯ އާއްމުކޮށް ފުލުހުން ހޯދަމުންދަނީ ކ.މާލެ، މ.ވިލާތުކުންނާރުގެ، ޙަސަން ރަފްޙާން (32އ) އެވެ.
"ޙަސަން ރަފްޙާންއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9791612 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.
މާލޭ މީހަކު ހޯދަން ފުލުހުން ފޮޓޯ އާއްމުކޮށްފައިވާއިރު، އއ. މަތިވެރި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ލ. މާމެންދޫ، ރޯޝަންވިލާ، އަސްލަމް ޙުސައިން (35އ) ހޯދުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.




