ޗައިނާއިން އިތުރު 100،000 ޑޯޒް ކޮވިޑް ވެކްސިން ރާއްޖެއަށް ދިނުމަށް ނިންމައިފި

ޗައިނާއިން އިތުރު 100،000 ޑޯޒް ކޮވިޑް ވެކްސިން ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް ވިދާޅުވީ، ޗައިނާއިން ވައުދުވެފައިވާގޮތަށް ވެކްސިނަކީ އާންމު ފަރުދުންގެ އެއްޗަކަށް ހެދުމަށާއި އަދި ރާއްޖޭގެ އިގުތިސާދު ހަމަމަގަށް އެޅުވުމަށް އެހީތެރިވުމުގެ ގޮތުން އިތުރު 100،000 ޑޯޒް ކޮވިޑް ވެކްސިން ރާއްޖެއަށް ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

ޗައިނާ އިން ވަނީ މީގެކުރިން ވެސް އެގައުމުގެ ސައިނޯފާމް ކުންފުނިން އުފެއްދި ސައިނޯފާމް ކޮވިޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ޗައިނާގެ މި ނިންމެވުމާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ޗައިނާއަށް މިކަމާއި ގުޅިގެން ޝުކުރު ދައްނަވާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލް ވެކްސިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ