ފަނޑިޔާރުންގެ މަހާސިންތާގެ ތެރެއިން - ފޮޓޯ: ސްޕްރީމް ކޯޓު

ފަނޑިޔާރުންގެ މިނިވަންކަން ދަމަހައްޓައި، އިމްތިޔާޒުތައް ހިމާޔަތްކުރަން ޖަމިއްޔާ އުފައްދަނީ

"ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމްޢިއްޔާ" އުފެއްދުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވިދާޅުވީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް އުފެއްދުމަށް 2019 މޭ 21ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުގައި ނިންމެވުމާގުޅިގެން، މި ޖަމްޢިއްޔާ އުފެއްދުމަށްޓަކައި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް 2019 މޭ 26 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ޖަމްއިއްޔާގެ މައިގަނޑު ބޭނުމަކީ ފަނޑިޔާރުންގެ މިނިވަންކަން ދެމެހެއްޓުން ކަމަށް ސްޕްރީމް ކޯޓުން ވިދާޅުވިއެވެ.

"ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 10 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދީފައިވާ ޖަމްޢިއްޔާ ހެދުމުގެ ޙައްޤުގެ ދަށުން އުފެއްދުމަށް ކަނޑައަޅާފައިވާ މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ، ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުން." ސްޕްރީމް ކޯޓުން ވިދާޅުވިއެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ