މޯލްޑިވިއަން ސީޕްލޭން ޕައިލެޓުން މުޒާހަރާ ކުރަނީ!

މޯލްޑިވިއަން ސީޕްލޭންގެ ޕައިލެެޓުން މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަން ސީޕްލޭންގެ ޕައިލެެޓުން މުޒާހަރާ ކުރަމުންދަނީ، ޗީފް ޕައިލެޓްއަކަށް ކުރިން ހުރި ކެޕްޓަން މުސްތަފާ މަންސޫރު އެއްވެސް ސަބަބަކާއި ނުލައި ވަޒީފާއިން ވަކިކުރުމާއި ގުޅިގެންނެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަހު މިހާދު އަށް އެޑްރެސްކޮށް އެ ކުންފުނީގެ ޕައިލެޓުންނާއި އިންޖިނިއަރުން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ކެޕްޓަން މުސްތަފާ މަންސޫރަކީ ގަޑިއަށް ފަރުވާތެރިން، ހިތްވަރާއެކު މަސައްކަތް ކުރައްވާ، ހަވާލުކުރެވޭ މަސައްކަތެއް ރަނގަޅަށް ފަރުވާތެރިކަމާއެކު ކުރައްްވާ ގާބިލް ބޭފުޅެއް ކަމަށެވެ.

ސީޕްލޭންގެ ޕައިލެޓުންނާއި އިންޖިނިއަރުން ބުންނަމުންދަނީ، މަގުބޫލް އުޒުރެއްނެތި ކުންފުނީގެ މެނޭޖްމެންޓުން އެޅިފިޔަވަޅު ބަލައިނުގަނެވޭނެ ކަމަށެވެ.

މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް އާއި ހަވާލާދީ އޮންލައިން ނޫސް "ސަން" ގައި ރިޕޯޓްކޮއްފައިވާ ގޮތުގައި މޯލްޑިވިއަން ސީޕްލޭންގެ ބައެއް ޕައިލެޓުން މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވެ މުޒާހަރާ ކުރަމުންދިޔަ ދިޔަ ކަމުގައި ވީނަމަވެސް އަދިވެސް ސީޕްލޭން އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ