ފުލުހުންނަށް އަހަރީ ޗުއްޓީ ދިނުން ހުއްޓާލައިފި

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފުލުހުންނަށް އަހަރީ ޗުއްޓީ ދިނުން ހުއްޓާލައިފިއެވެ.

ފުލުހުން ވިދާޅުވީ، ކޮވިޑް-19ގެ ހާލަތު ގޯސްވުމާއި ގުޅިގެން ފުލުހުންގެ އޮޕަރޭޝަން ލެވެލް ދެޔަކަށް މަތިކުރެވި އަހަރީ ޗުއްޓީ ދިނުންވަނީ ހުއްޓާލައިފައި ކަމަށެވެ.

ފުލުހުން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަނަލް ހާލަތާއި ގުޅިގެން ޗުއްޓީ ހިފެހެއްޓުމަކީ ފުލުހުން އަބަދުވެސް އަމަލުކުރަމުން ގެންދާ އުސޫލެއް ކަމަށެވެ.

މިހެންނަމަވެސް، މުވައްޒަފުންނަށާއި އާއިލާގެ މެންބަރުންނަށް ދިމާވާ އެމަރޖެންސީ ކަންކަމާއި ގުޅިގެންނާއި ކައިވެނި ކުރުންފަދަ މުހިންމު ކަންތައްތަކާއި ގުޅިގެން މިހާރުވެސް ގެންދަނީ ޗުއްޓީ ދެމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުން އައްނަނީ ފުރޮންޓްލައިންގައި މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ