މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ކިބައިން ކޮވިޑަށް ޓެސްޓު ކުރުމަށް އެދިއްޖެ

މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރި މުޒާހަރާއިން ހައްޔަރުކުރި ފަރާތްތަކުގެ ކިބައިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ފުލުހުން އެދެފިއެވެ.

ފުލުހުން މިކަން މިޑިއާއަށް ކަށަވަރު ކޮށްދީފައިވާއިރު، ފުލުހުން މިގޮތަށް ހައްޔަރުކުރި މީހުންގެ ކިބައިން އެދުނު ނަމަވެސް އެއްވެސް މީހަކު ކޮވިޑަށް ޓެސްޓު ކުރުމަށް އެއްބަސްވެފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިކަމާއި ގުޅިގެން ފުލުހުން އިތުރަށް މައުލޫމާތު ދެމުން ވިދާޅުވީ، ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑުލައިނާ ހިލާފަށް ބޭއްވި އެއްވުމެއްގައި ބައިވެރިވެފައިވާ ބަޔަކަަށް ވުމުގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުންނާއި ބައްދަލުވެފައި ވުމާއި ޕޮލިސް ކަސްޓޯޑިއަލްއަކީ ގިނަ އަދަދެއްގެ ބަޔަކު ބަލަހައްޓާ ތަނަކަށް ވުމާއިއެކު އެންމެންގެ ރައްކާތެރިކަމަށްޓަކައި ސާމްޕަލް ދޭން އެދިފައިވާނޭ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން 38 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް އެކުލަވާލައިފައިވާާ ހާއްސަ ގައިޑުލައިނު ބުނާގޮތުން މަގުމައްޗަށް ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވުމަކީ މަނާކަމެކެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ