ރީ ރަޖިސްޓްރޭޝަންއަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ރީރަޖިސްޓްރޭޝަނަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ރައީސް އަހުމަދު ޝަރީފް އިލްތިމާސް ކުރައްވައިފިއެވެ.

މިމަހުގެ 2 ވަނަ ދުވަހު ރީރަޖިސްޓްރޭޝަން އަށް ހުޅުވާލިއިރު، ރީރަޖިސްޓްރޭޝަންގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 11 ވަނަ ދުވަހުއެވެ.10 ދުވަހުގެ މުއްދަތެއް މިކަމަށް ދިނުމުން ބައެއް ބޭފުޅުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމަށް ރައްދު ދީ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރީރަޖިސްޓްރޭޝަންގެ މުއްދަތު ކުރު ނޫންކަމަށާއި، މިހާތަނަށް ބޭއްވުނު ހުރިހާ އިންތިޚާބެއްގައިވެސް ރީރަޖިސްޓްރޭޝަނަށް ދެނީ 10 ދުވަހުގެ މުއްދަތެއްކަމަށެވެ. އަދި ރީރަޖިސްޓްރޭޝަން އަށް ތަންކޮޅެއް ބޮޑަށް ސަމާލުކަން ދިނުމަށް ޝަރީފް އިލްތިމާސްކުރެއްވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، މި އިންތިޚާބުގައިވެސް އިލެކްޝަނުން ދަނީ ރީރަޖިސްޓްރީއަށް ހުޅުވާލި ދުވަހުން ފެށިގެން ކޮމިޝަނަށް ލިބޭ ސައްޚަ ހުރިހާ ފޯމެއް ބަލައިގަނެ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަމުން ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ