"ފްރެންޑްސް" ރީޔުނިއަންގެ ޝޫޓިން ވަރަށް އަވަހަށް ފަށަނީ

ދުނިޔޭގެ ޓީވީ ސިލްސިލާގެ ތާރީހުގައި މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެމެރިކާގެ ޓީވީ ޝޯ “ފެރެންޑްސް” ގެ ހާއްސަ ރީޔުނިއަންގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ސީރީޒްގެ ތަރި ޑޭވިޑް ޝްވިމާ ހާމަކޮށްފިއެވެ.

“ފެރެންޑްސް” ގެ ހާއްސަ ރީޔުނިއަން ނުވަތަ އެނބުރިއައުން ގެނެސްދޭނެކަން އެޗްބީއޯ އިން އިއުލާންކުރީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. މިދިޔަ އަހަރުގެ މެއި މަހު ގެނެސްދޭން ތާވަލްކޮށްފައި އޮތް ނަމަވެސް ކޮރޯނާ ވައިރަސްއާއި ގުޅިގެން ފްރެންޑްސްގެ ރީޔުނިއަން މިއަހަރުގެ މާޗު މަހަށް ލަސްކޮށްފައިވާކަމަށް މި މަސައްކަތް ގެނެސްދޭ އެޗްބީއޯ މެކްސް އިން ވަނީ އިއުލާންކޮށްފައެވެ.

އަދި ޑޭވިޑް ދާދިފަހަކުން ރޭޑިއޯ ޗެނަލް އަކަށް ދިން އިންޓަވިއުއެއްގައި ބުނީ، އެއް މަސް ދުވަސްތެރޭގައި ޝޫޓިން ފެށޭނެ ކަމަށެވެ. އަދި މިހާރު ތައްޔާރުވަމުން މި އަންނަނީވެސް ޝޫޓިންއަށް ލޮސް އެންޖެލަސް އަށް ފުރުމަށް ތައްޔާރުވަމުން ކަމަށްވެސް ޑޭވިޑް ހާމަކުރިއެވެ.

ފްރެންޑްސް ސީރީޒްގެ ހަ ތަރިން ކަމުގައިވާ، ޑޭވިޑް ޝްވިމާ(ރޮސް)، މެތިއު ޕެރީ(ޗޭންދްލާ)، މެޓް(ޗޯއީ)، ލީސާ ކުޑްރޯ(ފީބީ)، ޖެނިފާ އެނިސްޓަން(ރޭޗަލް)، އަދި ކޯޓްނީ ކޮކްޒް(މޮނިކާ) ފްރެންޑްސް ގެ ހާއްސަ ރީޔުނިއަންއަކާއެކު އެޗްބީއޯ މެކްސް އަށް އަންނާނެކަން މިދިޔަ ފްބްރުއަރީ މަހު އިއުލާންކުރިއިރު، އެ ދުވަސްވަރު މުޅި ސޯޝަލް މީޑިއާ ބަންޑުންވީ މި ޙަބަރާއެކުއެވެ.

“އެޗްބީއޯ މެކްސް” އިން ފްރެންޑްސްގެ ރީޔުނިއަން އާއެކު ފްރެންޑްސްގެ ކުރީގެ 10 ސީޒަންވެސް ގެނެސްދޭނެކަމަށް އެޗް ބީ އޯ މެކްސް ގެ ޗީފް ކޮނޓެކްޓް އޮފިސަރ ކެވިން ރެއިލީ ވަނީ މީގެ ކުރިން ބުނެފައެވެ. އަދި މި ރީޔުނިއަންނަށް ދޭނެ ނަމަކީ، “ދަ ވަން ވެއާ އޯލް ގޮޓް ބެކް ޓުގެދާރ” ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

1994 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާއި ހަމަ އަށް ގެނެސްދިން މަޝްހޫރު ޓީވީ ސީރީސް “ފްރެންޑްސް” ގެ 10 ސީޒަން ދައްކާފައިވާ މި ސިރީޒްގެ މަޤްބޫލުކަމަށް އަދިވެސް ފަނޑުކަމެއް އައިސްފައިނުވާއިރު މިއީ ދިވެހި ޒުވާނުންގެ މެދުގައިވެސް މަޤުބޫލު ސީރީޒްއެކެވެ.

.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ