އިންތިޚާބު ބާއްވަން ލުއިތަކެއް ބޭނުންވޭ: އިލެކްޝަންސް

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބާއްވުމަށްޓަކައި އެޗްޕީއޭގެ ފަރާތުން ލުއިތަކެއް ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ލޯކަލް ކައުންސިލް އިންތިޚާބަށް ވަމުންދާ ތައްޔާރިތަން ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ، ކުރިއަށް މިއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނީ އެޗްޕީއޭއިން ތައްޔާރުކޮށްފައިވާ ގައިޑުލައިންތަކުން ލުއިތަކެއް ދީގެންކަމަށެވެ.

އެގޮތުން އަވައްޓެރި ސްރީލަންކާ މިސާލަކަށް ނަންގަވާ ޝަރީފު ވިދާޅުވީ، އެލުއިތަށް ނުދޭކަމަށްވާ އިލެކްޝަންސްއަށް ގިނަ އުނދަގޫތަކާއި ކުރިމަތިވާނެކަމަށާއި އަދި އެކަމުގެ ސަބަބުން ދަޢުލަތަށް ޚަރަދުވެސް ބޮޑުވެގެންދާނެކަމަށެވެ.

ޝަރީފް ވިދާޅުވީ، ޝަކުވާގެ ނިޒާމު ޤާއިމުކުރުމާއެކީގައި ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ކެމްޕެއިން ކުރުމުގެ ފުރުޞަތު ނުލިބޭކަމުގެ ޝަކުވާ ހުށަހެޅިފައިވާކަމަށެވެ. އަދި ކެމްޕެއިން ކުރުމުގައި ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށްޓަކައި އެޝަކުވާ އެޗްޕީއޭއަށް ހުށަހަޅާފައިވާނެކަމަށްވެސް ޝަރީިފް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ، ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުޞަތު ނުލިބޭކަމަށްވައްޔާ އިންތިޚާބު އިންސާފުވެރިނުވާނެކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލު މަހުގެ 10 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ