ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ޕީއެސްއެމް

ތިނަދޫގައި ހަދަމުންދިޔަ އިމާރާތަކުން މީހަކު ވެއްޓި އަނިޔާވެއްޖެ

ގދ. ތިނަދޫގައި ހަދަމުންދިޔަ އިމާރާތަކުން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

މިރޭ 20:30 ހާއިރު ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރެހެނަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ ކަސްޓަމަރ ރިލޭޝަން އޮފިސަރ ސާލިމް އަލީ މިނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ މިފަދަ ހާދިސާއަކާއި ގުޅިގެން ދިވެހި ފިރެހެނަކު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

"މާބޮޑު އަނިޔާތަކެއް ލިބިފައެއް ނުވޭ ނަމަވެސް ވެއްޓި ޖެހުނު ގޮތުން ނޭފަތްމައްޗަށްވަނީ ކޮންމެސް ވަރަކަށް ގެއްލުންތައް ލިބިފައި" ސާލިމް އަލީ ވިދާޅުވިއެވެ.

މައުލޫމާތު ލިބޭގޮތުގައި މިމީހާ ވެއްޓިފައިވަނީ އެއްބުރީގެ އިމާރާތަކުންނެވެ. އަދި މި އިމާރާތަކީ ހަދައި އަދި ނުނިމިވާ އިމާރާތެކެވެ.

(ތަފްސީލް އަންނަނީ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ