ފަތުރުވެރިޔަކަށް މިޔަރެެއް ހަމަލާދީ އިތުރު ފަރުވާއަށް މާލެއަށް ގެނެސްފި

ފަތުރުވެރިޔަކަށް މިޔަރެެއް ހަމަލާދިނުމާއި ގުޅިގެން އިތުރު ފަރުވާއަށް މާލެއަށް ގެނެސްފިއެވެ.

މިޔަރު ހަމަލާ ދިނުމާއި ގުޅިގެން ފަތުރުވެރިޔާއަށް ފުރަތަމަ ފަރުވާ ދީފައި ވަނީ ފ. ފީއަލީ ހެލްތް ސެންޓަރުގައެވެ.

ފީއަލީ ހެލްތް ސެންޓަރުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ ޢަބްދުﷲ ޒަޢީމް މިނޫހަށް މަޢުލުމާތު ދިން ގޮތުގައި މިޔަރު ހަމަލާ ދިނުމާއި ގުޅިގެން ފަތުރުވެރިޔާ ފީއަލީ ޞިއްޙީ މަރުކަޒަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު 4:30 ހާއިރުއެވެ.

މިޔަރު ހަމަލާ ދިން ފަތުރުވެރިޔާއަކީ ފ. ފިލިތެޔޮ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންއައި ފަތުރުވެރިޔެކެވެ.

މިޔަރު ހަމަލާ ދީފައި ވަނީ އޭނާގެ ވައަތު ފައިގެ ކުޑަކަޅުވާ މަސްގަނޑަށެވެ. މިހަމަލާގައި އޭނާގެ ކުޑަކަޅުވާ މަސްގަނޑުން ފުދޭވަރަކަށް ބޮޑު ބައެއް އޮތީ ނެގިފައި ކަމަށް ޒައީމް ވަނީ މަޢުލޫމާތު ދީފައެވެ.

އެެހެން ކަމުން ފީއަލީ ހެލްތް ސެންޓަރުން އޭނާއަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ފޮނުވާފައެވެ. ޒައީމް ވިދާޅުވި ގޮތުގައި އޭނާ މާލެ ފޮނުވާފައި ވަނީ މިއަދު ހަވީރު 5:20 ގައި ވައިގެ މަގުންނެވެ.

ރާއްޖޭގައި ފަހަކަށް އައިސް މިޔަރުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައެވެ. މަސްވެރިންވެސް އެކަމުގެ ޝަކުވާތައް އަންނަނީ ވަރަށް ބޮޑަށް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ