މީގެ 19 އަހަރު ކުރިން ހިނގި ގޮތްނޭނގޭ ހާދިސާއެއްގައި މިޔަރުތަކެއް މަރުވެފައިވާކަން ސައިންސްވެރިން މި ވަނީ ހޯދާފައެވެ. މީގެ ކުރިން ދުނިޔޭގެ ތިންބައި ކޮށްފައި އެއްބައި ދިރޭތަކެތި ނެތިދިޔައެވެ. ނަމަވެސް މިއީ އޭގެ ދެގުނަކަމަށް ސައިންސްވެރިން ހާމަކުރެއެވެ.
މި ދިރާސާ ކޮށްފައިވަނީ އެމެރިކާގެ ޔޭލް ޔުނިވާސިޓީގެ ސައިންސްވެރިން ތަކެކެވެ.
މި ދިރާސާ ކޮށްފައިވާ މީހުން ބުނެފައިވާ ގޮތުގައި 70 އިންސައްތަ މިޔަރު މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ފަރުގައި އުޅޭ މިޔަރަށްވުރެ ކަނޑުގައި އުޅޭ މިޔަރެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން މިޔަރުގެ އާބާދީ މީގެ 19 މިލިއަން އަހަރު ކުރިން، މިހާރު މިޔަރުގެ އާބާދީއަށް ވުރެ 10 ގުނަ އިތުރެވެ.
ކޮންމެއަކަސް މި ހޯދުންތަކުން ޔަގީންކަމާއެކު މިޔަރު މަރުވާ ސަބަބު މި ވަނީ ނުހޯދިފައެވެ. އެހެން ނަމަވެސް މި ހޯދުންތަކުގެ އަލީގައި، މީގެ 40 މިލިއަން އަހަރު ކުރިން މިޔަރު އާބާދީ ބަދަލުވަމުން އައިގޮތް އެނގިފައިވާކަމަށް ސައިންސްވެރިން ބުނެއެވެ.
މިޔަރުގެ ބޮޑު އާބާދީއެއް މަރުވެފައިވާއިރު، ދެން އާބާދީގެ ބާކީބައި، ހާމަކަންބޮޑު ކަނޑުން ދިރިއުޅުން ބަދަލުކުރީ ކީއްވެކަމާއި އަދި މިޔަރު އާބާދީ އިތުރުވަމުން ނުދަނީ ކީއްވެކަން އިތުރު ހޯދުންތަކުން ފެންނާނެ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.