ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޕީސީއާރު ޓެސްޓުގެ އަގު 700 އަށް ކުޑަކޮށްފި!

މެޑިފްލެކްސް ލެބޯޓްރީން ޕީސީއާރު ޓެސްޓް ހަދައިދޭ އަގު 700 ރުފިޔާއަށް ކުޑަކޮށްފިއެވެ.

ޕީސީއާރު ޓެސްޓް ހަދައިދޭ އަގު 700 ރުފިޔާއަށް މިއަދު ކުޑަކޮށްފައި މިވަނީ ކުރިން 1000 ރުފިޔާއަށް ޓެސްޓް ހަދައިދެމުން އައިސްފައި ވަނިކޮށެވެ.

މެޑްޓެކްގެ ޗެއާމަން އަހުމަދު ހައިކަލް މިހާރު ނޫހަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ޓެސްޓްގެ އަގުދަށް ކޮށްފައި ވަނީ ޓެސްޓް ހެދުން އިތުރުކުރުމުގެ ގޮތުންނާއި އަދި ހެޔޮ އަގެއްގައި ޓެސްޓް ހެދުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައިކަމަށެވެ.

އެ ލެބޯޓަރީގައި ޕީސީއާރު ޓެސްޓް ހަދަމުންދަނީ އެމެރިކާގެ މަޝްހޫރު ތާމޯފިޝާ ސައިންޓިފިކްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. އަދި އެ ލެބޯޓަރީގައި ޓެސްޓުކުރުމަށް ބޭނުންކުރާ ކިޓަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޑަބްލިއުއެޗްއޯގެ އެޕްރޫވަލްވެސް ލިބިފައިވާ ކިޓެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ދިވެހިރާއްޖެގައި މިހާތަނަށް 551،978 ސާމްޕަލެއް ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނަގާފައެވެ. އޭގެ ތެރެއިން 20،794 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި މިހާތަނަށް 64 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 އަށް 166 މީހަކު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނައިރު، މި ބައްޔަށް ޕޮޒިޓިވް 2،599 މީހަކު ރާއްޖޭގައި އެބަތިއްބެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ