"ކަނބަލުންގެ ޗުއްޓީ" ގެ ނަމުގައި ހައުސިން ޑިވެލޮޕްޓަމްންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއް ދުވަހުގެ ޚާއްސަ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.
އަންހެނުންގެ ދުވަހުގެ ތަހުނިޔާ ކިޔައި އެޗްޑީސީން ކޮށްފައިވާ ޓްވީޓްގައި ބުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދުގެ އިސް ނެންގެވުމަށް، "ކަނބަލުންގެ ޗުއްޓީ" ގެ ނަމުގައި ހާއްސަ މެޑިކަލް ލީވްއެއް ދޭން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީން އަންހެން މުވައްޒަފުންނަށް ޚާއްސަ މި ޗުއްޓީ ދޭން ނިންމާފައިވާކަން އިޢުލާންކުރައްވާފައިވަނީ، އަންހެނުންގެ ދުވަހާ ގުޅިގެން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި ސެޝަންއެންގައި ވާހަކަފުޅު ދައްކަޗަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދެވެ.
އެޗްޑީސީން ބުނީ މި ފަދަ ނިންމުމެއް ނިންމީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިވައިގެން އެކުންފުނިން ފެށި ހާއްސަ ކަމެއް ކަމަށެވެ.
އެޗްޑީސީން "ކަނބަލުންގެ ޗުއްޓީ" ގެ ނަމުގައި އަންހެން މުވައްޒަފުންނަށް ޚާއްސަ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާއިރު، މިއީ ރާއްޖޭގައި މިފަދަ ޗުއްޓީއެއްދޭ ފުރަތަމަ ކުންފުންޏެވެ.
During this session, our MD introduced “Kan’balunge chutty” a special medical leave (1 day from each month) for the female staff of HDC. This marks the first time a local company has initiated such a leave for women in Maldives. #IWD21 #InternationalWomensDay #WomensDay (2 of 2)
— HDC (@hdcmaldives) March 8, 2021
އެޗްޑީސީގައި މިވަގުތު 166 އަންހެން މުވައްޒަފުން މަސައްކަތް ކުރެއެވެ.



