މަޖޫރީން ފުލުހަށް ގެންދިޔައީ މަޢުލޫމާތު ސާފުކުރަން: ފުލުހުން

މަޖޫރީން ފުލުހަށް ގެންދިޔައީ މަޢުލޫމާތު ސާފުކުރަންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެގޮތުން ފެށުމުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދުކުރި މަޖޫރީން ކުރި އިޙުތިޖާޖުގެ ތެރެއިން އެއްވެސް މީހަކު ޙައްޔަރުކޮށްފައިނުވާކަމަށާއި، ނަމަވެސް މަޢުލޫމާތު ސާފުކުރުމަށް މަޖޫރީންގެ ތެރެއިން 4 މީހަކު ފުލުހުންގެ އޮފީހަށް ހާޟިރުކުރެވިފައިވާކަމަށެވެ.

މަޢުލޫމާތު ސާފުކުރުމަށް މި ހަތަރު މީހުން ހާޟިރުކުރެވިފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މަޖޫރީންގެ ކަންބޮޑުވުންތަކާއެކު އިޙުތިިޖާޖަށް ނުކުމެފައިވަނީ މިއަދުއެވެ. އަދި އެމްޕީއެލް ސަރަޙައްދުގައި މަޖޫރީން ފެށި މިއިޙުތިޖާޖު ފުލުހުން ހުއްޓުވާފައިވާއިރު، ބިޑި އަޅުވައިގެން މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާތައްވަނީ ފެނިގެން ގޮސްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ މާލެ ސަރައްދުގައި މަގުމައްޗާއި އާންމު ތަންތަނަށް އެއްފަހަރާ ފަސްމީހުންނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އަމާން

    ބަލަ މަޢުލޫމާތު ސާފު ކުރަން މީހުން ޙާޟިރު ކުރަނީ ވެސް ބިޑި އަޅުވައި ހިލިހިލާ ޖަހައިގެންތޯ?

    1
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ