މަލީހު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ކުރިން ހުއްނެވި މުހައްމަދު މަލީހު ޖަމާލް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފިއެވެ.

މަލީހް ޖޭޕީ އިން ވަކިވެވަޑައިގެން ހާމަކޮށް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއި އެކު އުފުލި މީހާއާއި ދޭތެރޭ ބޭއިންސާފުކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރު ޖޭޕީއިން ހުރީ ހަނުކަމަށެވެ. އެހެންކަމުން މިވަގުތު ޖޭޕީއާއި ފެޔަށް ޖެހިލަން ނިންމައިފައިވާ ކަމަށެވެ.

މަލީހު ޖޭޕީއިން ވަކިވެވަޑައިގެންފައި މިވަނީ، މަލީހު އިދިކޮޅު ކޯލިޝަންގެ ކެންޕެއިންގައި ބައިވެރިވެވަޑައިގަތުމާއި ގުޅިގެން މަލީހުއާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނިކޮށެވެ.

ގާސިމް ވަނީ މަލީހުއާ ދެކޮޅަށް އަޅާ ފިޔަވަޅަކީ އޭނާ ޕާޓީން ވަކިކުރުން ކަމަށްވެސް ވެދާނެ ކަމަށާއި އަޅާނެ ފިޔަވަޅެއް ނިންމާނީ ކައުންސިލުން ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން މަލީހު ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން މަލީހުގެ އިތުބާރު ނެއްކަމަށް ފާސްކޮށްގެންނެވެ. މަލީހަކީ މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އިތުބާރު ނެއްކަމަށް ފާސްކޮށް ވަޒީރުކަމުން ވަކިކުރި ފުރަތަމަ ވަޒީރެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ