ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި މިއަދު ކުރިއަންގެންދިޔަ މުޒާހަރާގެ ތެރެއިން މިހާތަނަށް 24 މީހަކު ޙައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޙައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲވެސް ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން އެކޯލިޝަންގެ ކައުންސިލް މެންބަރުންވެސް ހިމެނެއެވެ.
އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި މިހާރު ކުރިޔަށް މުޒާހަރާތަކުގައި މީގެ ކުރިންވެސް އަދުރޭ އައި ކޯލިޝަންގެ އިސްފަރާތްތައް ވަނީ ހައްޔަރު ކޮށްފައެވެ. ވެރިރަށް މާލޭގައި އިދިކޮޅު ކޯލިޝަނުން "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ސިލްސިލާކޮށް މުޒާހަރާކުރަމުން އަންނައިރު ފްލެޓް ގެއްލުނު މީހުންނަށް ހައްގު ހޯދައި ދިނުމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިިނިވަންކުރަމަށްވަނީ ގޮވާލާފައެވެ.

އެ ކޯލިޝަނުން މިއަދުގެ އިހްތިޖާޖު ފެށުމުގެ ކުރިންވެސް ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ. އެގޮތުން ޕީޕީއެމް އޮފީހަށް ދެވޭ ހުރިހާ މަގުތަކެއް އާންމުންނަށްވެސް ނުވަދެވޭނެހެން ފުލުހުން ބަންދު ކުރިއެވެ.
https://feshun.wonstasite.com/115494




