މާލޭގައި ކޮވިޑް ފެތުރުމުގެ ޒިންމާ މަޖިލީހުން ނަގަން ޖެހޭ: މަލީހް

މާލޭގައި ކޮވިޑް ފެތުރުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުން ނަގަން ޖެހޭކަމަށް ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ، މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ، ކޮވިޑް ރޯގާގެ ވެކްސިން ނުޖެހުމުގެ ދެރައާއި ހިތަމާ އާއި އުނދަގޫ ތަޖުރިބާކުރައްވަމުން ދާކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ދެއްކި ވާހަކައާއި ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.

އާޒިމްގެ މި ވާހަކައާއި ގުޅުވައިގެން މަލީހް ވިދާޅުވީ، މިއީ އެމްޑީޕީ އިން ސައިންސް ގަބޫލު ނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ. އެގޮތުން ކޮވިޑް-19 އަކީ ހަމަ އާދައިގެ ރޯގާއެއް ކަމަށް ދެކި މަޖިލީހުގެ ޖަލްސާތައް ހުއްޓާލަން ދެކޮޅު ހެދި ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

"ކޮވިޑް މާލޭގައި ފެތުރުމުގެ ޒިންމާ މަޖިލީހުން ނަގަން ޖެހޭ" މަލީހް ގެ ޓްވީޓުގައި ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީކަމުގެ މަޤާމްގައި ހުންނެވި މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެބޭފުޅާ ވަޒީރު ކަމުން ވަކިކޮށްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ