މިއަހަރުވެސް 23 ޑިސެންބަރު އަންނާނެކަން ހަނދާނުން ކައްސާލައިގެން ނުވާނެކަމުގައި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލުވިދާޅުވެއްޖެއެވެ.
މަލީޙް މިހެން ވިދާޅުވީ މަޖިލީހުގެ ތަޅުމަށް މިހާރު ބަލައިގެންފައިވާ ނަފްރަތުގެ ބިލާއި ގުޅިގެންނެވެ.
އެގޮތުން މަލީހް ވިދާޅުވީ އެ ބިލު ފާސްނުކުރެވޭނެކަމަށާއި، އަދި ޖެހޭނީ ފަހަތަށްޖެހި ސައިޒުވާންކަމަށެވެ.
"ލާދީނީ ބިލު ފާސްކުރާކަށް ލާހިކެއް ނޫން. ޖެހޭނީ ފަހަތަށްޖެހި ސައިޒުވާން" މަލީޙް ވިދާޅުވިއެވެ.
މީގެ އިތުރުން މިބިލާ ގުޅިގެން މަލީޙް ވަނީ ސަރުކާރަށް ވަރަށް ނުރައްކާތެރި އިންޒާރެއްވެސް ދެއްވާފައެވެ. އެގޮތުން މަލީހް ވިދާޅުވީ މިއަހަރުވެސް 23 ޑިސެމްބަރު އަންނާނެކަން ހަދާނުން ކައްސާލައިގެން ނުވާނެކަމަށާއި، ފިލާވަޅު އަމިއްލަޔަށް ދަސްނުކޮށްފިނަމަ ރައްޔިތުން ނިކުމެ ފިލާވަޅު ނަގައިދޭން ފަސް ނުޖެހޭނެކަމަށެވެ.
ލާދީނީ ބިލު ފާސްކުރާކަށް ލާހިކެއް ނޫން. ޖެހޭނީ ފަހަތަށްޖެހި ސައިޒުވާން. މިއަހަރުވެސް 23 ޑިސެމްބަރު އަންނާނެކަން ހަދާނުން ކައްސާލައިގެން ނުވާނެ. ފިލާވަޅު އަމިއްލަޔަށް ދަސްނުކޮށްފިއްޔާ ރައްޔިތުން ނިކުމެ ފިލާވަޅު ނަގައިދޭން ފަސް ނުޖެހޭނެ. ލާދީނީ ކިޔޭނެ.
— Mohamed Maleeh Jamal (@maleehjamal) June 19, 2021
މަލީހުގެ މިވާހަކައިގައި ބުނެދީފައި ވަނީ "އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން" މި ނަމުގައި 2011 ވަނަ އަހަރުގެ ޑިސެންބަރު 23 ވަނަ ދުވަހު ގިނަ ބަޔަކު އޭރުގެ ވެރިކަމާއި ދެކޮޅަށް ނުކުމެފައިވާ ނިކުތުމުގެ ވާހަކައެވެ.
ނަފްރަތުގެ ބިލާއި ދެކޮޅަށް ގިނަ ބަޔަކު ފާޑު ކިޔަމުން އަންނައިރު، 100 އަށް ވުރެ ގިނަ ދީނީ ޢިލްމުވެރިން ސޮއިކުރައްވައި އެބިލާއި ދެކޮޅަށް ޕެޓިޝަނެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާފައެވެ.
އެގޮތުން ޢިލްމުވެރިންގެ ގުޅުމުން ވިދާޅުވެފައި ވަނީ އުންމަތް ހަމަ މަގަށް އަޅުވައި، ހެޔޮކަންތައްތައް އާންމުކޮށް ނުބައިކަންތައްތައް މުޖުތަމައުން ނައްތާލުމަކީ އެ ބަޔެއްގެ އިސްވެރިޔަކަށް ހުންނަ މީހާގެ ޒިންމާއެއް ކަމަށެވެ.




