ގައުމީ އެއާލައިން މޯލްޑިވިއަން އިން މާފަރާއި މުމްބާއިއާ ދެމެދު ދަތުރުތައް ފަށަން ނިއްމާފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިކަން ހާމަކުރެއްވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި، މޯލްޑިވިއަންގެ އައު މެނޭޖިން ޑިރެކްޓަރު މުޙައްމަދު މިހާދާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނިފާ ވަނީ ބައިވެރިވެވަޑައިގަނެފައެވެ.
މުމްބާއިން މާފަރަށް ފަށާ ދަތުރުތަކުގެ ފުރަތަމަ ފުލައިޓު މާފަރަށް ޖައްސަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގައެވެ.
Direct Flights from BOM -NMF. A lucrative market for the resorts and guest houses around the region - MD
— Maldivian (@MaldivianAero) March 14, 2021
މިހާދު ވިދާޅުވީ، މި ދަތުރުތައް ފެށުމުގެ ކުރިން އެކަމަށް އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައްވަނީ ވެފައި ކަމަށެވެ. އަދި ކޮންމެ ހަފުތާއަކު 3 ފުލައިޓު މުމްބާއިން މާފަރަށް އަންނާނެ ކަމަށް މިހާދު ވިދާޅުވިއެވެ.
މުމްބާއީއާ މާފަރާއި ދެމެދު ދަތުރުތައް ފެށުމުން އެ ސަރަހައްދުގައި ހުންނަ ގެސްޓު ހައުސްތަކަށް ވަރަށް ރަނގަޅު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް މިހާދު ފާހަގަކުރެއްވިއެވެ.



