މެޑިކަލް ޓެސްޓްތަކަށްފަހު ލޫކާ ޖޮވިކް ރެއަލްމެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފިއެވެ.
މިރަސްމިއްޔާތު ބުދަދުވަހު ކުރިއަށް ގެންގޮސްފައިވަނީ ސަންޓިއާގޯ ބާނަބޯގައެވެ.
ސާބިއާ ކުޅުންތެރިއެއް ކަމުގައިވާ ޖޮވިކް 62 މިލިއަން ޕައުންޑަށް ރެއަލްމެޑްރިޑުންގަތީ ޖޫންމަހުގެ ކުރީކޮޅުގައެވެ.
އުމުރުން 21 އަހަރުގެ ޖޮވިކް ރެއަލްމެޑްރިޑްގެ ހުރިހާ މެޑިކަލް ޓެސްޓްތަކަކުން ފާސްވެފައިވާއިރު ޖޮވިކް ރެއަލްމެޑްރިޑަށް މެޑިކަލްގެ ކަންތައް ނިންމުމަށް ގޮސްފައިވަނީ 4-1 ގެ ނަތީޖާއަކުން ލިތުއާނިއާގެ މައްޗަށް ސާބިއާ ކުރި ހޯދި މެޗަށްފަހުގައެވެ. މިމެޗުގައި ޖޮވިކްވަނީ ހިތްގައިމު ލަނޑެއްވެސް ކާމިޔާބުކޮށްދީފައެވެ.
? Luka Jović underwent his medical at the @sanitas La Moraleja University Hospital!#WelcomeJovic | #HalaMadrid | #ImpulsoSanitas pic.twitter.com/9U29iMFGYa
— Real Madrid C.F. ???? (@realmadriden) June 12, 2019
މިރަސްމިއްޔާތުގައި ރެއަލްމެޑްރިޑްގެ ރައީސް ފްލޮރެންޓިނޯ ޕެރޭޒް ބައިވެރިވެފައިވާއިރު މިއީ މުޅިން އާ ޕްރޮޖެކްޓެއްގެ ފެށުންކަމަށާއި ޔޫރަޕްގެ ބޮޑެތި ކްލަބުތައް ލޯއަޅަމުން ދަނިކޮށް ރެއަލްމެޑްރިޑް ޚިޔާރުކުރީތީ ޖޮވިކަށް ޝުކުރުއަދާކުރާކަމަށް ޕެރޭޒް ބުނެފައިވެއެވެ.
" ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހަކީ އަހަރެން "ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖޮވިކް ބުންޏެވެ.
? Our new signing Luka Jović with @RealMadrid president Florentino Pérez.#WelcomeJovic | #RealMadrid pic.twitter.com/FDpdT3sGqW
— Real Madrid C.F. ???? (@realmadriden) June 12, 2019
ރެއަލްމެޑްރިޑާއި ގުޅުމަކީ ހަޔާތުގައި ނިންމި ބޮޑު ނިންމުމެއް ކަމަށާއި ރެއަލްމެޑްރިޑާއެކު ކާމިޔާބީއަށް ވާސިލްވުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ޖޮވިކް ބުނެފައިވެއެވެ.
ޖޮވިކްގެ ޖޯޒީ ނަންބަރު ކަށަވަރު ވެގެންދާނީ ރެއަލްމެޑްރިޑްގެ ހުރިހާ ޓްރާންސްފާއެއްގެ ކަންތައްތައް ނިމުމަށްފަހުގައެވެ.




