ރެއާލް ބަލިކޮށް ޗެލްސީ ފައިނަލަށް

ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި ރެއާލް މެޑްރިޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޗެލްސީ ދަތުރު ކޮށްފިއެވެ.

މި ދެ ޓީމުގެ ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންކަމުން ޗެލްސީ ފައިނަލަށް ދިޔައީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. އަދި މިއީ ޗެމްޕިއަންސް ލީގު ފައިނަލަށް ޗެލްސީން ދަތުރުކުރި ތިންވަނަ ފަހަރެވެ.

މިފަހަރުގެ ފައިނަލްގެ އިނގިރޭސި ދެ ޓީމު ވާދަކުރާއިރު، މިއީ މިމުބާރާތުގެ ފައިނަލްގައި އިނގިރޭސި ދެ ޓީމު ބައްދަލުކުރާވެސް ތިންވަނަ ފަހަރެވެ. ޗެލްސީ ނުކުންނާނީ މެންޗެސްޓާ ސިޓީ އާ ދެކޮޅަށެވެ. މިއީ މިމުބާރާތުގެ ފައިނަލްގައި ސިޓީ ކުޅޭ ފުރަތަމަ ފަހަރެވެ. ސިޓީ ފައިނަލަށް ދަތުރުކޮށްފައިވަނީ މިދިޔަ އަހަރުގެ ރަނަރަފް ޕީއެސްޖީ ބަލި ކުރުމަށް ފަހުއެވެ.

ޗެލްސީގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ އޭރިއާ ތެރޭ ހުހަށްހުރި ޓީމޯ ވާނަރ ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް ޗިޕަކުން ގޯލަށް ފޮނުވާލި ބޯޅައެއް ގޯލްގެ މަތީ ދަނޑީގައި ޖެހި ގޯލް ނުކުތް ވަގުތެވެ. ޗެލްސީގެ ދެވަނަ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ މޭސަން މައުންޓެވެ. މައުންޓު މިލަނޑު ކާމިޔާބު ކުރީ ކްރިސްޓިއަން ޕްލިސިޗް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އިރުޝާދުގެ ދަށުން ޗެލްސީން މިސީޒަންގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު، މިދިޔަ ސީޒަންގައި ޕީއެސްޖީވެސް ފައިނަލަށް ގެންގޮސްދިނީ ޓުޗެލްއެވެ. އެހެންކަމުން ތަފާތު ދެޓީމަކާއެކު ޗެމްޕިއަންސް ލީގު ފައިނަަލަށް ޖެހިޖެހިގެން ދެ ފަހަރު ދަތުރުކުރި ފުރަތަމަ ކޯޗަކީވެސް ޓުޗެލްއެވެ.

ޗެލްސީއާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މިމުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޅޭނީ ތުރުކީގެ އިސްތަމްބުލްގައެވެ. މި ފައިނަލް މެޗު އޮންނާނީ މެއި 29 ގައެވެ.

https://feshun.wonstasite.com/120256

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ