ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ރޭ ރެއަލްމެޑްރިޑާއި ދެކޮޅަށް ކާމިޔާބުކުރި ލަނޑާއެކު އެމެރިކާގެ ތަރި ކްރިސްޓިއަން ޕުލިސިޗްގެ ނަން ތާރީޚުގައި ލިޔެވިގެން ހިނގައްޖެއެވެ.
ވަރުގަދަކޮށް ފެށި ޗެލްސީއިން މެޗުގެ ކުރީ ކޮޅުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު، ލަނޑު ޖަހާނެ ވަރަށް ހުސް ފުރުޞަތެއް މެޗުގެ ކުރީކޮޅު އެޓީމަށްވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް ޕުލިސިޗް ބޮލުން ގޯލްކުރިމަތީ ހުރި ވާނާރއަށް ދިން ބޯޅަ ގޯލަށް އަމާޒުވިނަމަވެސް ރެއަލްމެޑްރިޑްގެ ކީޕަރު ކޯޓުއާ ވަނީ ދިފާޢުކޮށްފައެވެ.
އޭގެ މާގިނައިރުތަކެއް ނުވެ، މެޗުގެ ފުރަތަމަ ލަނޑު ޗެލްސީއިން ކާމިޔާބުކުރިއެވެ. މެޗުގެ 14 ވަނަ މިނަޓްގައި ފެނިގެން ދިޔަ މިލަނޑު ކްރިސްޓިއަން ޕުލިސިޗް ކާމިޔާބުކޮށްފައިވަނީ ކީޕަރު ކޯޓުއާ ކަޓުވާލުމަށްފަހުގައެވެ.
ޕުލިސިޗްގެ މިލަނޑާއެކު އޭނާގެ ނަން ތާރީޚުގެ ތެރެއަށް ގޮސްފައިވަނީ ރެއަލްމެޑްރިޑާއި ދެކޮޅަށް ލަނޑުޖެހި އެމެރިކާއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް މެޗެއްގައި ލަނޑު ޖެހި އެމެރިކާގެ ފުރަތަމަ ކުޅުންތެރިޔާއަކީވެސް ޕުލިސިޗެވެ. މީގެއިތުރުން ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި އެމެރިކާގެ ކުޅުންތެރިޔަކީވެސް އޭނާއެވެ.
???????? Top American scorers in Champions League history:
⚽️5⃣ Christian Pulišić
⚽️4⃣ DaMarcus Beasley
⚽️2⃣ Fabian Johnson
⚽️2⃣ Jermaine Jones
⚽️2⃣ Weston McKennie#UCL pic.twitter.com/P3ptuyOGSb— UEFA Champions League (@ChampionsLeague) April 27, 2021
ޗެލްސީގެ މިލަނޑަށްފަހު ރެއަލްމެޑްރިޑުން ކުޅުން އިތުރަށް ރަނގަޅުކޮށް ޗެލްސީއަށް ނުރައްކާ ކުރަން ފެށިއެވެ. އެގޮތުން އޭރިއާގެ ބޭރުން ބެންޒެމާ ފޮނުވާލި ހަމަލާއެއް ގޯލްގެ އަރިމަތީ ދަނޑިއާވެސް ވަނީ އަމާޒުވެފައެވެ.
ރެއަލްމެޑްރިޑުން ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 29 ވަނަ މިނަޓްގައެވެ. ހިލޭ ޖެހުމަކުން މާސެލޯ ޗެލްސީގެ އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ޗެލްސީ ކުޅުންތެރިންނަށް ދިފާޢު ނުކުރެވިގެން އުޅެނިކޮށް ބޮލުން ކޮންޓްރޯލް ކޮށްލުމަށްފަހު ހިތްގައިމު ވޮލީއަކުން ރެއަލްމެޑްރިޑަށް ލަނޑު ކާމިޔާބުކޮށްދީފައިވަނީ އިތުބާރު ފޯވާޑު ކަރިން ބެންޒެމާއެވެ. މިއީ ޗެމްޕިއަންސް ލީގުގައި ބެންޒެމާ ކާމިޔާބުކުރި 71 ވަނަ ލަނޑެވެ.
⚪️ Karim Benzema joins Raúl González on 71 goals in the Champions League ????
Real Madrid legend ✅#UCL pic.twitter.com/eiSSBk04Eq
— UEFA Champions League (@ChampionsLeague) April 27, 2021
އަލްފްރެޑޯ ދި ސްޓެފަނޯ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގައި އިތުރު ލަނޑެއް ނުފެނި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ޗެލްސީގެ ސްޓެމްފޯޑު ބްރިޖުގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގެ ދެވަނަ ލެގު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ 12:00 ގައެވެ.



