އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައި.ބީ.އެމް) އިން ފުރަތަމަ ފަހަރަށް ބްރޭންޑް އެމްބެސެޑަރުން އައްޔަން ކޮށްފިއެވެ.
ކުންފުނީގެ ޕްރޮޑަކްޓް ކަމަށްވާ "ތާޒާ" ފެން ރާއްޖެއަށް މާރކެޓް ކުރުމާއި ޕްރޮޑަކްޓް ތަމްސީލު ކުރުމަށް އައި.ބީ.އެމްގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި އައްޔަން ކުރީ އަލްފާޟިލް ޢަލީ އަޝްފާގް (ދަގަނޑޭ) އާއި އަލްފާޟިލާ ނާޝިދާ މުޙައްމަދު (ނާއްކޮ) އެވެ.
އައި.ބީ.އެމްގެ ބްރޭންޑް އެމްބެސަޑަރުން ކުންފުނިން ބާއްވާ މާރކެޓިންގ އިވެންޓްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވެ އެބޭފުޅުންގެ އަމިއްލަ ސޯޝަލް މީޑިއަރ އެކައުންޓްތައް މެދުވެރިކޮށް "ތާޒާ" ބްރޭންޑް މުޅި ރާއްޖޭއަށް މާކެޓް ކޮށްދިނުމާއި ޕްރޮޑަކްޓްއާއި ބެހޭ މުހިންމު މައުލޫމާތު ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދޭނެއެވެ.





