އައްޑޫ ސިޓީ - ފޮޓޯ: ދި އެޑިޝަން

އައްޑޫގައި މާރާމާރިއެއް ހިނގައި މީހަކު ޒަޚަމް ކޮއްލައިފި

އައްޑޫ ސިޓީ ފޭދޫގައި މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮއްލައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ ފުލުހުންނަށްް ރިޕޯޓް ކޮއްފައިވަނީ ރޭ 23:45 ހާއިރުއެވެ.

ވަޅިން ހަމަލާދިނުމުން ޒަޚަމް ވި މީހާޔަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން އަންނަނީ ފަރުވާދެމުންނެވެ.

މީގެ އިތުރުންވެސް ފުލުހުން ވިދާޅުވއަޑޫސިޓީ ހިތަދޫގަވެސް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮއްލައިފައިވާ މައްސަލައެއް ރޭ23:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެެވެ.

މި މާރާމާރީގައިވެސް އަނިޔާވި މިހާއަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން އަންނަނީ ފަރުވާދެމުންނެވެ.

މިދެމައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި އަދި އިތުރު މަުލޫމާތު ލިބޭވަރަކުން ހިއްސާކުރާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ފަހަކަށް އައިސް އައްޑޫގައި މާރާމާރިތައް ހިނގުން ވަނީ އާންމުކަމަކަށް ވެފައެވެ. އެގޮތުން މިދިޔަ ހަފްތާތެރޭ ވެސް ހިނގި މާރާމާރިތަކެއްގައި ޒުވާނުންތަކެއްވަނީ ޒަޚަމް ކޮއްލާފައެވެ.

 

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ