ޑރ.ޖަމީލް

ޤައުމުތަކާއެކުވެވޭ އެއްބަސްވުން ހާމަކުރުމަކުން ގެއްލޭނެ މަޞްލަޙަތެއް އޮވެގެން ނުވާނެ: ޖަމީލު

ދޭދޭޤައުމުތަކާދެމެދު ކުރެވޭ އެއްބަސްވުން ހާމަކުރުމަކުން ގެއްލޭނެ މަޞްލަޙަތެއް އޮވެގެން ނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ، މިއަދު ލީކް ކޮށްލި އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ވެފައިވާ އެއްބަސްވުމާއި ގުޅިގެންނެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއްކަމަށެވެ.

ޖަމީލު ވިދާޅުވީ، ވިޔަފާރިވިޔަސް، އަސްކަރީ ވިޔަސް ދޭދޭގަުމުތަކާދެމެދު ކުރެވޭ އެއްބަސްވުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހިމެނިދާނެކަމަށްވާނަމަ އެ ހާމަކުރުމަކީ ގާނޫނު އަސާސީ ދަންނަހަމަކަމަށާއި އަދި އެއީ ޑިމޮކްރަސީގެ އުޞޫލްކަމަށެވެ.

" ދޭދޭޤައުމުތަކާދެމެދު ކުރެވޭ އެއްބަސްވުން ހާމަކުރުމަކުން ގެއްލޭނެ މަޞްލަޙަތެއް އޮވެގެން ނުވާނެ." ޖަމީލު ވިދާޅުވިއެވެ.

އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވީނަމަވެސް އިއްޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ އަސްލު މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެއެވެ.

މީގެއިތުރުން މި އެއްބަސްވުމުގެ އަސްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށ،ް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ސިޓީއެއްގައި ހުށަހަޅާފައިވާއިރު، އިއްޑިއާއެކު ވެފައިވާ އެއްބަސްވުންކަމަށް ބުނެ ދައުރުވަމުންދާ ލިޔުމުގައި ވާކަންތައްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައިވާކަމަށާއި، އެހެންކަމުން އުތުރުތިލަފަޅު ތަރައްޤީކުރުމަށް ދިވެހިސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އާދަމް ޝަރީފް އުމަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި އެދިލައްވާފައެވެ.

މީޑިއާތަކުގައި ދަޢުރުވަމުންދާ މި ލިޔުމުގައި ބުނާ ގޮތުން ރާއްޖޭގައި އިންޑިއާގެ ސިފައިންނަށް 60 އަހަރަށް ތިބެވޭނެއެވެ. އަދި އިންޑިއާ ސިފައިންނަށް ރާއްޖޭގައި ހަތިޔާރާއި އެނޫންވެސް ތަކެތި ގެންގުޅެވޭނެ ކަމަށް ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގެ ކޮޕީގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ