ރަސްމީ މެޗުތަކުގައި ބްރެޒިލްގެ ލެޖެންޑް ޕެލޭ ހަދާފައިވާ ލަނޑު ޖެހުމުގެ ރެކޯޑް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރޭ މުގުރާލުމާ އެކު އޭނާ އަށް ޕެލޭ ތައުރީފުކޮށްފިއެވެ.
ޕެލޭގެ ރެކޯޑު ރޮނާލްޑޯ މުގުރާލާފައިވަނީ އިޓާލިއަން ލީގުގައި ރޭ ކަލިއަރީ ކޮޅަށް ހެދި ހްޓްރިކާއެކުގައެވެ. 3-1 ގެ ނަތީޖާއަކުން ޔުވެންޓަސް އެމެޗު ކާމިޔާބުކޮށްފައިވާއިރު، ޔުވެންޓަސްގެ ހުރިހާ ލަނޑެއްވެސް ކާމިޔާބުކޮށްދީފައިވަނީ ރޮނާލްޑޯއެވެ. ރޮނާލްޑޯގެ މި ހެޓްރިކާއެކު ރަސްމީ މެޗުތަކުގައި ރޮނާލްޑޯ ޖެހި ގޯލުގެ އަދަދު ވަނީ 770 އަށް އަރާފައެވެ.
ރަސްމީ މެޗުތަކުގައި ޕެލޭ ޖަހާފައިވަނީ 767 ގޯލެވެ.
January 3: Cristiano Ronaldo overtakes Pele's official goal tally of 757
March 14: Cristiano Ronaldo overtakes Pele's disputed goal tally of 767
770 and counting ???? pic.twitter.com/djh2A2Tipl
— Goal (@goal) March 15, 2021
އުމުރުން 36 އަހަރުގެ ރޮނާލްޑޯ ރޭ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ލިޔެފައިވަނީ ދުނިޔޭގެ ލަނޑު ޖެހުމުގެ ރެކޯޑްގެ ކުރީގައި އޭނާގެ ނަން އޮވެ ޕެލޭގެ ރެކޯޑް މުގުރާލުމަކީ ދުވަހަކު ވެސް އޭނާ އުއްމީދުކުރި ކަމެއް ނޫން ކަމަށެވެ. އަދި ލިބިގެންދިޔަ މިކާމިޔާބީއަށް ފަޚުރުވެރިވާކަމަށްވެސް އޭނާ ބުންޏެވެ.
ރޮނާލްޑޯއަށް ތަޢުރީފުކޮށް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޕެލޭ ބުނީ، ރޮނާލްޑޯއަށް ވަރަށް ޤަދަރުކުރާކަމަށާއި، އަދި ރޮނާލްޑޯ ކުޅޭތަން ބަލަން އަބަދުވެސް ލޯބިކުރާކަމަށެވެ. އަދި މިއީ ސިއްރެއް ނޫންކަމަށްވެސް ޕެލޭ ބުންޏެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														 
								
ހިޔާލު
Salhi ingey.