ސަރވިސްޗާޖްއާއި ބެހޭ ޤަވާއިދު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރުކޮށް އެއަށް އަމަލު ކުރަން ފަށައިފިއެވެ.
ލޭބަރ ރިލޭޝަން އޮތޯރިޓީން އެކުލަވާލާފައިވާ މި ޤަވާއިދަކީ ޤާނޫނާއި އެއްގޮތަށް ސަރވިސްޗާޖް ނަގަމުންދޭތޯ ކަށަވަރުކޮށް މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބަހަންޖެހޭ ގޮތް ކަނޑައަޅައި އެގޮތަށް މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސަރވިސްޗާޖް ބަހަމުންދާކަން ކަށަވަރު ކުރުމަށް ހެދިފައިވާ ޤަވާއިދެކެވެ.
ސަރވިސްޗާޖްގެ ގޮތުގައި ނަގާ ފައިސާއާއި މުވައްޒަފުންނަށް ބަހާ ފައިސާގެ މަޢުލޫމާތު ވަޒީފާދޭ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ހުށައަޅަން ޖެހޭ މި ޤަވާއިދުގައި ވަނީ ކަނޑައެޅިފައެވެ.
މި ޤަވާއިދު ބުނާ ގޮތުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަންވާނީ، އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، ޚިދުމަތުގެ އަގުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) ގެ ރޭޓުންނެވެ.
މީގެ އިތުރުން ޓޫރިސްޓް ރިޒޯޓެއް، ނުވަތަ ޓޫރިސްޓް ހޮޓަލެއް، ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް، ނުވަތަ ޓްރެއިނިންގ ރިޒޯޓެއް، ނުވަތަ ޓްރާންސިޓް ހޮޓަލެއް، ނުވަތަ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް، ނުވަތަ ޕްރައިވެޓް އައިލެންޑެއް އެކުގައި، ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް، ނުވަތަ ވަކި ކޮޓަރިއެއް، ނުވަތަ ވަކި ކޮޓަރިތަކެއް ނުވަތަ ވަކި ގެއެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އެ މުޢާމަލާތާ ގުޅޭގޮތުން ސަރވިސްޗާޖް ނަގަންވާނީ، އެގޮތުން ކަނޑައެޅިފައިވާ ޖުމުލަ އަގުގެ މައްޗަށް ބިނާކޮށެވެ.
ސަރވިސްޗާޖްގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ޖުމްލަ އަދަދުގެ ތެރެއިން، އިދާރީ ފީއެއްގެ ގޮތުގައި %1 ނެގިދާނެކަމަށާއި، އަދި އެއްވެސް ހާލަތެއްގައި އެއަށްވުރެ އިތުރު އަދަދެއް ވަޒީފާ ދޭ ފަރާތުން ނަގައިގެން ނުވާނެކަމުގައި މި ޤަވާއިދުގައި ބުނެފައިވެއެވެ.
މުވައްޒަފުންނަށް ސަރވިސްޗާޖުގެ ފައިސާއިން ދުވާލަކަށް ޖެހޭ މިންވަރު ހިސާބުކުރާނީ، ސަރވިސްޗާޖުގެ ގޮތުގައި ބަހާން ލާޒިމުވާ ފައިސާގެ ޖުމުލަ އަދަދު، އެ މަހެއްގައި ޚިދުމަތްކުރި މުވައްޒަފުންގެ ޚިދުމަތުގެ ޖުމުލަ ދުވަސްތަކުން ގެއްލައިގެންނެވެ.
އެގޮތުން މުވައްޒަފު ޚިދުމަތްކުރި ދުވަސްތައް ކަނޑައެޅުމުގައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން މުސާރަ ލިބޭގޮތަށް، މުވައްޒަފަށް ޙައްޤުވާ އެކިއެކި ޗުއްޓީތަކުގެ ދުވަސްތަކާއި، އަރާމުކުރުމަށް މުވައްޒަފަށް ޙައްޤުވާ ދުވަސްތައް އުނިކޮށްގެން ނުވާނެކަމުގައި ވަނީ ބުނެފައެވެ.
ފައިތުވި މަހުގެ ސަރވިސްޗާޖް ފައިސާ ހިނގަމުންދާ މަސްނިމުމުގެ ކުރިން މުވައްޒަފުންނަށް ދީ ނިންމަންވާނެކަމަށާއި އަދި މިޤަވައިދާއި ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ގޮތުގެ އުޞޫލުވެސް ވަނީ މި ޤަވައިދުގައި ހިމަނާފައެވެ.
3 Responses
ވޯޓަށް އެއްޗެއް ލިޔެލީދޯ އެކަމަކު ކުރިންވެސް ތީ އޮންނަ އެއްޗެއް ބަލާހޯދާ
Mi kalaha huriha liyunthah hama ekani dhivehi bahun liyegen mikan varakah neih.. 98% resort account department hus beyru meehun.. Financial coutroller akah his beyru meehun.. Adhi nuva thakah General manager ge gothugai his beyru meehun.. Emeehun ah mi liyumeh neygeyne.. 3gen beynun ves nuvaane.. Service charge dheyn jeheyne thi foohi vefa emeehun ethibi.. Liyun rangalhu.. Thikan vanya huriha resort kudhin ah ufaaveri khabareh thi
Safari thakuga kuraa masakathakee eves baavathega tourism ge mashakatheh hen adhi vex eves varakah sarukaar ah vis ney hen hiyeh nuvey. Varah ves hithaamaveri ????