މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންގެ ދެ ވެބްސައިޓް ކަމަށްވާ "http://www.policelife.mv" އަދި "http://www.police.gov.mv" ގެ ޓްކްނިކަލް މަސައްކަތްތަކެއް ކުރަމުން ދާތީ އެ ވެބްސައިޓްތަކުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
Police website https://t.co/oeKAntmxYb adhi https://t.co/CCKvgPeR5E ge technical masakkatheh kuramundhaathy website ge khidhumaiy vagutheegothun medhu kandaalaafaiva vaahaka dhannavan. Dhimaa vedhaane dhathithakah maafah edhen.
— Maldives Police (@PoliceMv) June 13, 2019
ޕޮލިސް ވެބްސައިޓްތަކުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ވަގުތީގޮތުން މެދުކަނޑާލިއިރު، ސައިޓްތަކުގައި ޓެކްނިކަލް މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުންގެ ދެ ވެބްސައިޓުން އަލުން ހިދުމަތް ލިބޭނީ ކޮން އިރަކު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



