ކަމަދޫ ކައުންސިލުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ސާމިރު

ކަމަދޫ ކައުންސިލުގެ ރައީސް އިސްތިއުފާ ދެއްވައިފި

އުއްމީދު ކުރި ގޮތަށް ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ބުނެ ބ. ކަމަދޫ ކައުންސިލުގެ ރައީސް އަހުމަދު ސަމީރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކަމަދޫ ކައުންސިލުގެ ނައިބް ރައީސް އަހުމަދު ސާޖިދަށް، އޭނާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ، އުއްމީދު ކުރެއްވި ގޮތަށް ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ނުދާތީ ކަމަށެވެ.

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރެއްގެ ގޮތުގައި ސަމީރު ކައުންސިލަށް ހޮވިވަޑައިގެން ނަމަވެސް އޭނާ ފަހުން ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމަށް) ސޮއިކޮށްފަ އެވެ. 

ކައުންސިލު ރައީސްގެ މަގާމަށް މީހަކު ހޮވުން މިއަދަށް ވަނީ އެޖެންޑާކޮށްފަ އެވެ. 

ކަމަދޫ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެގޮތުން އެ ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީގެ ދެ މެމްބަރުންނާއި ޕީޕީއެމްގެ މެމްބަރެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް