އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް - ފޮޓޯ: ވަގުތު

ވޯޓުގެ ސިއްރުކަން ގެއްލޭތީ 8000 މީހުން އަލުން ރީ-ރަޖިސްޓްރީކުރަން ހުޅުވާލައިފި

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރީރެޖިސްޓްރީ ކުރި 8000 ފަރާތެއް އަލުން ރީ ރެޖިސްޓްރީ ކުރަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ރީ ރެޖިސްޓްރޭޝަން ނިމުނުއިރު 8000 ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް ރީ ރެޖިސްޓްރީ ކޮށްފައިވާކަމަށެވެ.

އެހެންކަމުން މި ފަރާތްތަކުން އަލުން މިހާރު ރެޖިސްޓަރ ކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް ރެޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. ޝަރީފް ވިދާޅުވީ، މި ހަފްތާގައި ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވިއިރު އެ ކޮމިޝަނަށް 26،750 ފޯމް ވަނީ ހުށަހަޅާފައެވެ.

މި އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ