އަހުމަދު އަލީ އެޑިއުކޭޝަނުގެ ޕީއެސްގެ މަގާމަށް އައްުޔަނު ކުރެއްވުން - ފޮޓޯ: އެޑިޔުކޭޝަން

އެޑިއުކޭޝަނުގެ ޕީއެސްއަކަށް އީސީގެ ކުރީގެ އެސްޖީ

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ އައްޔަނުކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމުގެ މަޤާމް ދެއްވައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް ޝަހީދު މުހައްމަދެވެ.

މަޤާމު ހަވާލު ކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޝަހީދު އެދިލެއްވީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދާއި އެއްގޮތަށް އަދި މިނިސްޓަރުގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށެވެ.

ސަރުކާރުގެ އެކި ވަޒީފާތަކުގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަހުމަދު އަލީ އަކީ ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ޕްރިންސިޕަލްގެ މަގާމާއި ސ. ފޭދޫ އަދި އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އަހުމަދު އަލީ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ޓީޗިންގް ސެކަންޑަރީ ފުރިހަމަކޮށްފައެވެ. އަދި 2008 ވަނަ އަހަރު އިންޑިއާގެ މައިސޫރު ޔުނިވާސިޓީން މާސްޓާ އޮފް އެޑިއުކޭޝަންއިން ސްކޫލް މެނޭޖްމަންޓް ހާސިލުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް