ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ބަޔަކު އަޑު އުފުލަނީ: ފޮޓޯ - ސަން

ދަރިވަރުންނާ ބެހުނުކަމުގެ ތުހުމަތާއެކު ޓީޗަރު ސަސްޕެންޑްކޮށްފި

އުތުރުގެ ރަށަކަށް ނިސްބަތްވާ ސްކޫލެއްގެ އަންހެން ޓީޗަރަކު އެ ސްކޫލުގައި ކިޔަވާ ފިރެހެން ދަރިވަރަކާއެކު ޖިންސީ މުޢާމަލާތް ހިނގި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ފެންމަތިވެފައިވާއިރު، އެ ޓީޗަރު ސަސްޕެންޑްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ، މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަން ސްކޫލުން މިނިސްޓްރީއަށް އެންގުމާ އެކު، ސަސްޕެންޑްކޮށްފައިވާކަން ލިޔުމުން ޓީޗަރަށް އަންގާފައިވާ ކަމަށެވެ.

އެ ޓީޗަރުގެ ފަރާތުން އެހެން ދަރިވަރުންނަށް ވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި، މި އަމަލު ހިނގައިފައިވާ ޓީޗަރަކީ އުމުރުން 25 އަހަރުގެ ޓީޗަރެކެވެ. އަދި ދަރިވަރަކީ އުމުރުން 16 އަހަރުގެ ދަރިވަރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ