ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފުވެފައިވާތީ އިދިކޮޅު ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޕީޕީއެމް އިން ޖަވާބުދާރީވުމުގެ ގޮތުން ހުށަހެޅި ހުށަހެޅުން އީސީ އިން ގަބޫލުނުކޮށް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފުވެފައިވާތީ 75،000 ރުފިޔާއިންވަނީ ޖޫރިމަނާކޮށްފައި ކަމަށެވެ.
ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ހިލާފުވުމުން މިމަހުގެ 15 ވަނަ ދުވަހު ވެސް ޕީޕީއެމް ވަނީ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
PPM in javaabdhaaree vumuge gothun hushaelhi hushaelhun EC in gabool nukoh, siyaasee party thakuge gaanoon aa khilaaf vefai vaathee 75000 mvr in vanee jurimanaa kohfa
— Ahmed Shareef (@ShareefRangondi) March 18, 2021
މިދިޔަ އަހަރުގެ މެދުތެރޭގައިވެސް އީސީން ވަނީ ޕީޕީއެމް އާއި ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެފަހަރު ކޮށްފައި ވަނީ ތަކުރާރުކޮށް އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވި ކަމަށް ބުނެއެވެ.
މިމަހުގެ15 ވަނަ ދުވަހު ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީވެސްވަނީ 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.




