މިދިޔަ އާދިއްތަ ދުވަހު ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެއެވެ.
މި ނުރައްކާތެރި އެކްސިޑެންޓުގައި ދެ އަންހެނަކަށް އަނިޔާވިއިރު، ނިޔާވެފައި ވަނީ ސީރިއަސް އަނިޔާތަކެއް ލިބުނު، އެރަށު 55 އަހަރުގެ މުކުރިމަގު ފާތިމަތު މަނިކެ އެވެ.
ފާތިމަތު މަނިކެ ނިޔާވެފައިވަނީ، މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުން ކުރިން ވިދާޅުވެފައި ވަނީ އެކްސިޑެންޓްގެ ސަބަބުން ފާތިމަތު މަނިކެގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ.
އެކްސިޑެންޓުގައި ދެން އަނިޔާވެފައިވާ އުމުރުން 28 އަހަރުގެ އަންހެން މީހާގެ ކަރުކައިރިން ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެވެ. މީގެ އިތުރުން، 32 އަހަރުގެ ބިދޭސީ ފިރިހެނަކަށްވެސް މި އެކްސިޑެންޓުގައި އަނިޔާވިއެވެ.
މިއީ ދެ ސައިކަލެެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެކެވެ.