އިނގެރޭސި ޕްރިމިއާ ލީގުގެ 19/20 ސީޒަންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ތާވަލު އާންމުކޮށްފިއެވެ.
އަންނަ އޮގަސްޓް މަހުގެ 10 ގައި މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލިވަޕޫލް އަދި ނޯވިޗެވެ. ހުކުރުދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް ފަށާނީ ރާއްޖެ ގަނޑިން އެރޭ 12:00 ގައެވެ.
ނިމުނު ސީޒަންގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ފުރަތަމަ މެޗު އޮގަސްޓް 10 ވަނަ ދުވަހުގެ ހަވީރު 04:30 ކުޅޭނީ ވެސްޓްހާމާއި ދެކޮޅަށެވެ.
މުބާރާތް ފެށޭ ހަފްތާގެ މެޗުތަކަށް ބަލާލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ މެޗަކަށްއޮތީ އޮގަސްޓް 11 ވަނަ ދުވަހުގެ ރޭ 08:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ ބައްދަލުކުރާ މެޗެވެ.
ޔުނައިޓެޑް އަދި ޗެލްސީ ބައްދަލުކުރާ މެޗުގެ ކުރިން، ހަމައެރޭ އާސެނަލްގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު ނިއުކާސަލް އަދި އާސެނަލް ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖެ ގަޑިން އެދުވަހު 06:00 ގައެވެ.



