ވޯޓު ފޮށިތަކަށް 1200 އެއްހާ އޮފިޝަލުން އިތުރަށް ބޭނުންވޭ: އީސީ ޝަރީފް

އަންނަ މަހުގެ 10 ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ޖުމްލަ 1200 އެއްހާ އޮފިޝަލުން އަދި އިތުރަށް ބޭނުންވާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް  އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އިންތިޚާބު ގާތްވެފަވާއިރު އެންމެ ބޮޑު ދައްޗަކީ މާލެ ސަރަހައްދާއި ރިސޯޓުތަކުގަ ވޯޓުލާ މަރުކަޒުތަކުގަ މަސައްކަތްކުރާނެ އޮފިޝަލުންގެ ލިބުމުގެ މައްސަލަ ކަމަށެވެ.

ރީ-ރަޖިސްޓްރޭޝަން ނިމުނުއިރު 142 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމުގެ ވިސްނުން އެބަހުރިކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، 280 މީހުން އޮފިޝަލުންގެ ގޮތުގައި ރިސޯޓުތަކަށް ބޭނުންވާކަމަށެވެ. ނަމަވެސް،  އޮފިޝަލުންގެ ގޮތުގައި ރިސޯޓުތަކުން ލިބިފައިވަނީ 90 މީހުން ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

"އަދި މާލޭގެ ރައްޔިތުން ވޯޓުލާ މަރުކަޒުތަކަށް ގާތްގަނޑަކަށް 250 އޮފިޝަލުން އެބަ ބޭނުންވޭ. އަދި މާލޭގަ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލާ ފޮށިތަކަށް އަޅުގަނޑުމެންނަށް 700 އަށްވުރެ ގިނަ އަދަދެއްގެ އޮފިޝަލުން އެބަ ބޭނުންވޭ. އެހެންކަމުން ޖުމްލަ 1200 އެއްހާ އޮފިޝަލުން އަދި އިތުރަށް އެބަ ބޭނުންވޭ. މިހާރު އަޅުގަނޑުމެންގެ މުވައްޒަފުންނާއި އެހެން ބޭފުޅުން ގުޅިގެން އޮފިޝަލުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ." ޝަރީފް ވިދާޅުވިއެވެ.

މިފަހަރު އެއްތަނެއްގަ އެންމެ ގިނަ ވޯޓުފޮށި ވޯޓުލުމަށްޓަކައި ބެހެއްޓިފަވަނީ، މާލޭގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން 202 މަރުކަޒެއް ގާއިމްކުރުމަށް ކޮމިޝަނުން މިހާރު ވަނީ އިއުލާންކޮށްފައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މި އިންތިޚާބުގައި 273،128 މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޙަސަން ޢަލީ

    ދެރުފިޔާއަކަށް އޮފިސަލުންނެއް ނުލިބޭނެ ދޭންވީ ސިވިލްސަރވިސް ގައި ދެ ރުފިޔާ މުސާރަދީފަތިބޭ މުވައްޒަފުންނަށް މަޖުބޫރުކުރަން

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ