ބާވެފައިވާ ދީނީ ލިޔުންތައް ނައްތާލުމުގެ ހަރަކާތް ކުރިއަށް ދަނީ!

ބާވެފައިވާ ދީނީ ލިޔުންތައް ރައްކާތެރިކަމާއެކު ނައްތާލުމުގެ ޙަރަކާތް މިއަދު މާލޭގައި އެބަ ކުރިއަށްދެއެވެ.

މިއީ ރާއްޖޭގައި ހިންގާ ޖަމިއްޔާއެއް ކަމަށްވާީ ޖަމިއްޔަތު ސަލަފް އިން އިސްނަގައިގެން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ޖަމިއްޔަތު ސަލަފް އިން ބުނީ، ބާވެފައިވާ ދީނީ ލިޔުންތަކާއި، އިސްމުފުޅު ހިމެނޭ ކަރުދާސްތަކުގެ ތެރެއިން ނައްތާލާންޖެހޭ ލިޔެކިޔުން ނައްތާލުމުގެ ޙަރަކާތް މިއަދު 9:00 އިން ފެށިގެން ހަވީރު 5:00 އަށް ކުރިއަށްދާނެ ކަމަށެވެ.

މި ހަރަކާތް މިހާރު ފަށައިގެން ކުރިއަށް ދާއިރު، މާލޭގެ 4 ސަރަހައްދެއްގައި، ލިޔެކިޔުންތައް ޖަމާކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެގޮތުން މާލޭއިން، ހީނާމާގެ ޕާކިންގ، އަމީނީ ބިލްޑިންގ ކައިރިން، ޢަރަބިއްޔާ ސްކޫލް ސަރަހައްދު އަދި ވެސްޓްޕާކް ކައިރިން ތަކެތި ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނެއެވެ.

މީގެ އިތުރުން، ހުޅުމާލެއިން ވަގުތީ މިސްކިތް ކައިރިންވެސް މިކަންކަން ކުރިއަށް ދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ބާވެފައިވާ ދީނީ ލިޔުންތައް ގެންނައިރު، ފޮށިގަނޑެއްގައި ބަންދުކޮށްގެން ގެނައުމަށް ޖަމިއްޔަތު ސަލަފް އިން އިލްތިމާސްކުރެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ