ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް

"ނަފްރަތުގެ ބިލް ފާސްވެއްޖެ ނަމަ މުޅި އިސްލާމީ ދަޢުވަތަށް ގޮންޖެހުން ކުރިމަތިވާނެ"

މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، މުޅި އިސްލާމީދަޢުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެކަމުގައި ޖަމިއްޔަތުއްސަލަފް އިން ވިދާޅުވެއްޖެއެވެ.

އެޖަމިއްޔާ އިން މިހެން ވިދާޅުވެފައި މި ވަނީ އެޖަމިއްޔާގެ ދީނީދަޢުވާ ކޯޑިނޭޓަރ އަދި ނަފްރަތުގެ ބިލާއި ދެކޮޅު ކެމްޕޭނުގެވެސް ކޯޑިނޭޓަރ ޝެއިޚް މުޖުތަބާ ހަމީދު މިއަދު ފުލުހަށް ހާޒިރު ކުރުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމަށް ނެރުނު ބަޔާނެއްގައެވެ.

ޝެއިޚް މުޖުތަބާ ފުލުހަށް ހާޒިރުކޮށްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު އޭނާ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އެޓްވީޓްގައި މުޖުތަބާ ވިދާޅުވެފައި ވަނީ "މަޖިލީހުގެ މެމްބަރުންނޭވެ! ތިޔަބޭފުޅުންގެ ކުރިމައްޗަށް ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ ތިޔަބޭފުޅުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވާށެވެ." މިފަދައިންނެވެ.

މިކަމާއި ގުޅިގެން މުޖުތަބާ ފުލުހަށް ހާޒިރު ކުރުމުން އެ ޖަމިއްޔާ އިން ވިދާޅުވީ މުޖުތަބާގެ ޓްވީޓަކީ ދީނީޢިލްމުވެރިއެއްގެ ޙައިޘިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވާފައިވާ ޢާއްމު ނަޞޭޙަތެއްކަމަށާއި، އެގޮތުން ދީނީޢިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، އެމީހަކާ އެންމެ ފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށެވެ.

އެހެންކަމުން މުޖުތަބާ ފުލުހަށް ހާޒިރުކޮށް ބަޔާން ނެގުމަކީ ކަނޑައެޅިގެން ބިރުދެއްކުމުގެ ޢަމަލެއްކަމަށް ވިދާޅުވެ. އެ ޖަމިއްޔާއިން ވަނީ މިކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށް، މިކަމާ ގުޅިގެން އިންތިހާޔަށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މީގެ އިތުރުން ޝައިޚް މުޖްތަބާ ޙަމީދު ދެއްވާފައިވާ ނަޞޭޙަތަކީ ޢިލްމީގޮތުން ރަނގަޅު ނަޞޭޙަތެއްކަމުގައި ވީހިނދު، ޢާއްމުކޮށް ޢިލްމުވެރިޔަކު ދެއްވާ ހެޔޮ ނަޞޭޙަތަކީ މިގައުމުގައި ކުށްވެރިވެދާފަދަ ބަސްފުޅަކަށް ވާނަމަ، މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، މުޅި އިސްލާމީދަޢުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެކަމީ މިހާރު ދިވެހިރައްޔިތުންނަށް ޔަޤީންވާންޖެހޭނޭ ކަމެއްކަމަށް އެޖަމިއްޔާއިން ވަނީ ވިދާޅުވެފައެވެ.

ސަލަފް އިން ވިދާޅުވީ މުޖުތަބާއަށް ބިރުދެއްކުމުގެ މިޢަމަލަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ މިނިވަންކަންވެސް ނިގުޅައިގަތުންކަމުގެ ޢަމަލެއްކަމަށެވެ.

ނަފްރަތުގެ ބިލާއި ދެކޮޅަށް ރާއްޖެގެ ވަރަށް ގިނަ ކައުންސިލަތަކުންނާއި، ޖަމްޢިއްޔާތަކަކުން އަދި ވަރަށް ގިނަ ދީނީ ޢިލްމުވެރިން ވަނީ ބަޔާންނެރެ އެބިލް ފާސްނުކުރުމަށް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް

3 Responses

  1. ބޯއީ

    އެމީހުންވެސް އެމީހުންގެ ސްޓައިލަށް މަސައްކަތް އެކުރަނީ، ތިބޭފުޅުންވެސް ތިބޭފުޅުންނަށް އަމުރުވެވިގެންވާ ސްޓައިލަށް މަސައްކަތް ކުރައްވާ ، ސެއިހް ބުނަމެން ނޫންތޯ ﷲ ވޮޑިގެންވަނީ މުއުމިނުންނާއި އެކުގައޭ!
    އަދި ޖަމަލު ބަނދެފައޭ ﷲ އަށް ވަކީލް ކުރަންވާނީ!

  2. ހަރުކަށި ފިތުނަވެރިން

    މުޅި އިސްލާމީ އުންމަތަކީ ސަލަފުންނެއްނޫން! ތި ހާބީ ބައިގަޑު ގެ ކުރިންވެސް މިތާއޮތީ އިސްލާމް! ދެން ވެސް އޮންނާނީ މިތާ އިސްލާމް! ކަލޭމެން ސައުދީގެ ޕަޕެޓުން ދޭ އަފްގާނިސްތާނަށް ތިހާ ރަސްކަންކުރަން ބޭނުމީޔާ، މުޅި އިސްލާމީ ދުނިޔެ ހަލާކުކުރަމުން ދުވާ ޖާހިލު ޖަނަވާރުން!!!

  3. އަހުމަދު

    އިސްލާމް، ކަމެއްވެސް، އިސްލާމް،، ދީނެއްވެސް،، ނުގެއްލޭނެ،، ނަފުރަތު، އުފައްދާކަށް،، ހިޔޮނުވާނެ،،

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ