ކީޕަރު ޔާސީން ބައުނޫ ފަހު ވަގުތު ޖެހި ލަނޑާއެކު މެޗުން ބަލިނުވެ، ސެވިއްޔާ ސަލާމަތް ވެއްޖެއެވެ.
ސްޕެނިޝް ލަލީގާގައި ރޭ ވަލަޑޮލިޑާއި ދެކޮޅަށް ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހައ ވަލަޑޮލިޑުން ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. މެޗުގެ 44 ވަނަ މިނަޓްގައި ފެނިގެންދިޔަ މި ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ ފަބިއާން އޮރެލާނާއެވެ.
އަދި މިލީޑާއެކު 1-0 ގެ ނަތީޖާއަކުން ކުރީގައި ވަލަޑޮލިޑަށް މެޗު ކާމިޔާބުކުރެވީކަމަށް ހީކުރެވުނު ނަމަވެސް، މެޗު ނިމެއްދަނިކޮށް ކީޕަރު ބައުނޫވަނީ މެޗުގެ އިތުރު ވަގުތުގައި ލަނޑެއްޖަހައި ސެވިއްޔާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ފަހު ވަގުތު ކޮޅުގައި ސެވިއްޔާއަށް ލިބުނު ކޯނަރަކަށް ކީޕަރު އަރައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފައިވަނީ ވަލަޑޮލިޑް ކުޅުންތެރިންނަށް ބޯޅަ ދިފާޢު ނުކުރެވި އޭރިޔާތެރޭއަށް ބޯޅަ ހުރަސްވުމުން ފައިންނެވެ.
ނުރައްކާތެރި މާގިނަ ހަމަލާތަކެއް މިމެޗުގައި ފެނިފައިނުވިނަމަވެސް، ިމެޗުގެ ފަހު ވަގުތު ކޮޅުގައި ސެއްވިއްޔާއިން ފޮނުވާލި ދެ ހަމަލާ ފާހަގަކޮށްލެވެއެވެ.
މިނަތީޖާއާއެކު ސެވިއްޔާ ތާވަލްގެ ހަތަރު ވަނާގައ އޮތީ 28 މެޗުން ލިބުނު 55 ޕޮއިންޓާއެކުގައެވެ. އަދި ވަލަޑޮލިޑަށް ތާވަލްގެ 16 ވަނަ ލިބެނީ 28 މެޗުން 27 ޕޮއިންޓް ލިބިގެންނެނެވެ. 63 ޕޮއިންޓާއެކު ސްޕެނިޝް ލަލީގާގެ ތާވަލްގެ އެއްވާނަގައި އެތުލެޓިކޯ އޮތްއިރު، ރެއަލްމެޑްރިޑު ދެވަނާގައި އޮތީ 28 މެޗުން ލިބުނު 60 ޕޮއިންޓާއެކުގައެވެ. އަދި ތިން ވަނާގައި އޮތީ 27 މެޗުން ލިބުނު 59 ޕޮއިންޓާއެކުގައެވެ.




