ފިއްލަދޫ ފަޅުތެރެއިން 25 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

ހއ އަތޮޅުގެ ބައެއް ރަށްތަކަށް މަސްތުވާތަކެތި ކަމަށްބެލެވޭ ޕެކެޓް ތަކެއް ލައްގަމުންދާތީވެ، ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ހއ.އަތޮޅުގެ ބައެއް ރަށް ރަށައް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ޕެކެޓްތަކެއް ލައްގަމުންދާތީވެ، އެކަމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހއ. ފިއްލަދޫ ފަޅުތެރެއިން 25 ކިލޯގެ މަސްތުވާތަކެތި ކަމަށްބެލެވޭ ޕެކެޓްތަކެއް ވަނީ ފެނިފައެވެ.

ހއ. ފިއްލަދޫ ކައުންސިލާއި ހަވާލާދީ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ މި ތަކެތި ފެނިފައިވަނީ މިއަދު 11 ޖަހާކަންހާއިރު އެރަށު ދޯންޏަކަށްކަމަށް ވެއެވެ. އަދި އެތަކެތި ބަންދުކޮށްފައި ހުރީ 500 ގްރާމްގެ 50 ޕެކެޓުގައިކަމަށްވެސް ކައުންސިލުން މައުލޫމާތުދީފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ