ކޮވިޑް-19 އިން ރަނގަޅުވީ މީހުންގެ އަދަދު 20،000 މައްޗަށް

ކޮވިޑް-19 އިން މިހާތަނަށް ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު 20،000 މައްޗަށް އަރައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ މިހާތަނަށް މުޅި ޖުމްލަ ކޮވިޑް-19 އިން ރަނގަޅުވީ މީހުންގެ އަދަދު 20،004 އަރައިފައިވާކަމަށެވެ.

ކޮވިޑް-19 އިން ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭ 107 މީހުންވަނީ ރަނގަޅުވެފައެވެ.

ކޮވިޑް-19ގެ އެހެނިހެން ތަފާސްހިސާބުތަކަށް ބަލާއިރު، 140 މީހަކު މިއަދުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި 2،439 މީހުންނަށް އައްނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 95 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

ކޮވިޑް-19 އިން މީހަކު ރަނގަޅުވި ކަމަށް ބަލަނީ ބައްޔަށް ޕޮޒިޓިވުވެ 14 ދުވަސްފަހުން ބަލީގެ އަލާމާތެއް ނެއްނަމައެވެ. ބަލީގެ އަލާމާތް ހުރިނަމަ އެ އަލާމާތެއް ނެތިދަންދެން ނުވަތަ ކޮވިޑް-19 އަށް ނެގެޓިވުވަންދެން އެމީހަކީ ޕޮޒިޓިވު މީހެއްގެ ގޮތުގައި ބަލައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ