ދަރުމަވަންތަ ހޮސްޕިޓަލު / ފޮޓޯ: އެޑިޝަން

ދަރުމަވަންތަ ވިއްކާލުމުގެ މަސައްކަތް ސަރުކާރުން ކޮންމެ ދުވަހަކު ކުރޭ: ޝިޔާމް

ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގައި އިމާރާތް ކުރި ދަރުމަވަންތަ ހޮސްޕިޓާ ވިއްކާލުމުގެ މަސައްކަތް ކޮންމެ ދުވަހަކު ސަރުކާރުން ކުރަމުން އަންނަ ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވެފައި ވަނީ ކާޑު ކޮޅު ގަންނަން ސޮވެރިން ގެރެންޓީ ދޭ ހިސާބަށް ދިޔުމުން އެނގެނީ ޤައުމުގެ ނިކަމެތިހާލަތާއި އިބުރާޙިމް މުޙައްމަދު ޞާލިޙްގެ ލީޑަރޝިޕަށް ޤައުމު ތަކުން އިތުބާރު ނުކުރާކަންކަމަށެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ މިހާރުވެސް ކޮންމެ ދުވަކު 6:30 ގައި ފިނޭސް މިނިސްޓްރީ ހުޅުވައިގެން، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދަރުމަވަންތަ ހޮސްޕިޓާ ވިއްކާލުމުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ.

ޝިޔާމް މިހެން ވިދާޅުވެފައި ވާއިރު، ދައުލަތަށް ބޭނުންވާ 4.63 ބިލިއަން ރުފިޔާ (300 މިލިއަން ޑޮލަރު) ހޯދަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީ.ޑީ) އާއި އެކު ކުރަމުންދާކަން ސަރުކާރުން ހާމަކުރައްވާފައިވަނީ 2020 ނޮވެންބަރު 16 ގައެވެ.

އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކު ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރޕަސް ވެސަލް (އެސް.ޕީ.ވީ) އެއް ހެދުމަށްފަހު ސުކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސް.ޕީ.ވީ އަށް ޓްރާސްފަރ ކުރަން ޖެހޭކަމަށާއި، މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ