ވިލިނގިލީ މޮނިޓަރިންގެ ހާލަތު އުވާލައިފި

ގއ. ވިލިނގިލީ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.

ވިލިނގިލި މޮނިޓަރިންގއަށް ލާފައިވަނީ އިއްޔެއެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ ޚާއްސަ ހުއްދައާއި އެކު އެރަށަށް ދިޔަ އަންހެނަކު ދެދުވަހު އެރަށުގައި މަޑުކުރުމަށް ފަހު މާލެ އައި ފަހުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އަދި މިކޭސްއާއި ގުޅޭ އިތުރު މަޢުލޫމާތެެއް ލިބިފައިނުވިނަމަވެސް، ވިލިނގިލީގެ މޮނިޓަރިންގެ ހާލަތު އުވާލާފައިވާކަން އެޗްޕީއޭއިން މިއަދުވަނީ އަންގާފައެވެ.

އެހެންކަމުން ވެރިރަށް މާލޭގެ އިތުރުން މީހުން އަރައި ފޭބުން މިހާރު މަނާކޮށްފައިވާ ރަށްތަކަކީ، ނ.ޅޮހި، އއ.ތޮއްޑޫ، ދ.ކުޑަހުވަދޫ، ރ.އުނގޫފާރު، ފ.ނިލަންދޫ، ދ.މީދޫ، ކ.ހުރާ، ކ.ދިއްފުށި، ޅ.ނައިފަރު، ރ.މަޑުއްވަރި އަދި ހުޅުދުއްފާރެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 22،790 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 20،226 އެވެ.

މިވަގުތު 2،491 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 102 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ