ކަރަންޓީނުން ނިކުމެ ކައިވެނި ކުރި ދެ މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ހޯމް ކަރަންޓީނުން ނިކުމެ ކައިވެނި ކުރި ދެ މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލްވަނީ ފެށުމަށް އެކަން ކަށަވަރުކޮށްދީފައެވެ. އޮފިޝަލް ވިދާޅުވީ، އެމީހުން ޖޫރިމަނާ ކޮށްފައިވަނީ ކަރަންޓީނުގެ އުސޫލާ ހިލާފަށް މިމަހުގެ 11 ވަނަ ދުވަހު ކޯޓަށް ގޮސް ކައިވެނިކޮށްފައިވާތީ ކަމަށެވެ.

ގއ. ވިލިނގިލީގައި ހިނގި މިމައްސަލާގައި ކަރަންޓީނުގެ އުސޫލާ ޚިލާފުވި ދެމީހުންވެސްވަނީ ޖޫރިމަނާކޮށްފައެވެ. އޭގެ ތެރެއިން ކޮންމެ މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މި ދެމީހުންނަކީވެސް މާލެއިން ވިލިނގިއްޔަށް ގޮސް ހޯމް ކަރަންޓީންގައި ތިބި ދެ މީހުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ވިލިނގިލި މޮނިޓަރިންގއަށް ލައި އެރަށަށް އަރާ ފޭބުން މިއަދު މަނާކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ ހޯމް ކަރަންޓީންގައި ހުރި މީހަކާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވިވްވުމާއި ގުޅިގެންނެވެ.

ކޮވިޑާއި ގުޅިގެން އަތޮޅުތެރޭގެ 51 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ.

މިލިޔުން ކިޔާލުމުން
51211
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އާމިރު

    ކޯޓުން ކާވެނި ކޮއްދީގެން ވެސް ނުވާނެއެއްނު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ